ހެޔޮބަސް

ޙަސަން ޒާހިރު ޢަބްދުއްރަޝީދު
 
އަމާޒެއްނެތި ތިހެން އަމުދުން ނުވާނެކުރަން ތިމާ ތި ސަފަރު
                 އަމާން ބަނދަރެއް ނުފެނި ކަނޑުގައި ބަނޑަށްޖެހިގެން ވެދާނޭ މަރު
މިތާމަރުވާނެކަން އެނގިގެން ހިތަށް ވަނުމެއްނުވާ ނަމަ ޑަރު
                 ހިތާ ހަށިގަނޑު ފުރޭ މަސްތުން، ހިލައިގެ ގޮތަށް ވުމުން ހިތް ހަރު
މެއާހިތްވެސް ގުޅައިލާފައި ނިކަން ލޯބިން ހަދާނެ މަކަރު
                 އެއާ އެއް ފަދަ  ގޮތަށް  ކަށި ދެން ހިލާ ނުޖެހޭނެ ދެ ވަނަ ފަހަރު
ލިބޭ   ނާކާމިޔާބީގައި  ކުރަންވާނޭ  ނިކަން  ހިތްވަރު
                 ވިބޭނުން  ނުފުދުނަސް  އަމުދުން  ނުވާނެކުރަން  ތިމާ  ހިތްބަރު
ކުރާކަންތައް   ރަނގަޅުނޫންވީމަ  އެއްވާނޭ ބުނާ އެހަވަރު
                 ތުރާވެވިގެން  މަގެނަ  ވެރިޔާ  ނުހުންނާނޭ   ބުނާނެ   އެ ވަރު
ދެމީމާ ދިގުވެލާ  ފަދައިން، ދިނީމާ ދޫ  އެކުރުވެ ރަބަރު
                 ދެ މީހަކު  ދެއްކި  ވާހަކައަށް   އިތުރު  ދޮގުލީމަ   ވީއެ ހަބަރު
ނުވާނޭ ދެއްކުމަށް ގައިގައި ނުހުންނަ ތިމާގެވެސް   ފެންވަރު
                 ހުވާ ތެދެކޭ   އެ ފަދަމީހުން   ނުހުއްޓާނޭ   ރުއިން   ދަންވަރު
ނަމާއި  އަބުރަށް ޖަހާ ބުލިޗުން ފިލުން ނުވެއޭ ޖެހޭ އެދަބަރު
                ކަމާއި  މޮޅުގޮތް  ލިބޭނީ ބަލަ  ކުރާނަމަ  މީސްތަކުން  އެ ގަދަރު