އިޔާޒު ނަސީމް
ދިވެހިރާއްޖޭގެ ތާރީހުގެ އެންމެ ފުރަތަމަ ބާބު
ފެށޭނީ އެ ރަށްތަކެއްގެ މައްޗަށް ދިވެހިރާއްޖެ ބިނާވެގެން ވާ ޖަޒީރާތައް އުފެދުމާ
ހިސާބުންނެވެ. އިލްމީ ދިރާސާތަކުން ދައްކާ ގޮތުގައި ދިވެހިރާއްޖެ އުފެދުމާ ގުޅޭ
ތާރީހު ފެށިފައި ވަނީ މީގެ 225 މިލިޔަން އަހަރު ކުރީންނެވެ. އޭރު ދުނިޔޭގައި
ކަނޑާއި ބިން އޮތް ކަމުގައި ވިޔަސް، ދުނިޔޭގެ ޗާޓު އޮތީ މިއަދު މިއޮތް ގޮތަކަށް
ނޫނެވެ. ދުނިޔޭގެ ހިކިފަސްތަން އޮތީ އެކީ އެކަތިގަނޑެއްގެ ގޮތުގައެވެ. ނުވަތަ
"މާސިންގާ ޤާއްރާއެއްގެ ސިފައިގައެވެ. ދުނިޔޭގެ ދެބައިކުޅަ އެއްބައިގައި އޮތް
މި ޤާއްރާއަށް މި ޒަމާނުގެ ސައިންސްވެރިން ދީފައިވާ ނަމަކީ 'ޕޭންޖިއާ'އެވެ. މި
ޤާއްރާގެ ވަށައިގެންވަނީ 'ޕޭންތެލެއްސާ'ގެ ނަމުން ނަން ދީފައިވާ އެހައިމެ ބޮޑު
ކަނޑެކެވެ." (ނަސީމާ މުޙައްމަދު، 1998).
މީގެ 136 މިލިޔަން އަހަރު ކުރީން ޕޭންޖިއާ ދެ ބަޔަކަށް ވަކިވެގެން ދިޔައެވެ. މީގެ އުތުރު ބަޔަށް ކިޔަނީ ލައުރޭޝިޔާއެވެ. ދެކުނު ބަޔަށް ކިޔަނީ ގޮންޑްވާނާލޭންޑެވެ. މި ދެ ބައިގެ ދެމެދުގައި އޮތް ކަނޑަށް ކިޔަނީ ޓެތިސްއެވެ. ގޮންޑްވާނާލޭންޑް ބައިބަޔަށް ވަކިވެގެން ދިޔައިރު، އެޓްލާންޓިކް ކަނޑު އުފެދުނެވެ. މި ކަނޑަކީ އެފްރިކާ ބައްރާއި އެމެރިކާތަކުގެ ބައްރު ވަކި ކުރާ ކަނޑެވެ. ބިންގަނޑުތަކުގެ ބައިތައް ވަކިވެ، ބިންގަނޑުތައް އޭގެ މަތީގައި ގަރާރުވެގެންވާ އަށިތައް ނުވަތަ ޕްލޭޓްތައް ދުރުވެ، މި ގޮތުން ހެދެމުން ދިޔަ ޖާގަތައް، ބެދެމުން ފުރެމުން ދިޔައީ ދުނިޔޭގެ މަދުގެ ވަށައިގެން ވިރިވިރި ހުރި ހިލަތައް އެ ދިމަދިމައިން ބޭރުވެ، ފިނިވެ ހަރުވަމުން ދިއުމުންނެވެ. މި ގޮތުން ދުނިޔޭގެ ކަނޑުއަޑީގެ ތަޅުން ބައްޓަންވަމުން ދިޔައެވެ.
ލައުރޭޝިޔާ ބައިބަޔަށް ވަކިވެގެން ގޮސް އުތުރުގެ ބައްރުތައް އުފެދި ފުރިހަމަ ވެގެން ދިޔައީ 66 މިލިޔަން އަހަރު ކުރީންނެވެ.
ހިންދު ކަނޑު ނުވަތަ "އިންޑިޔާ ކަނޑު އުފެދެން ފެށީ މީގެ 150 މިލިޔަން އަހަރު ކުރީންނެވެ." (ނަސީމާ މުޙައްމަދު، 1998). އޭރު އިންޑިޔާއަކީ ދެކުނުގައި އޮތް ގޮންޑްވާނާ ލޭންޑުގެ ބައެކެވެ. އޭޝިޔާއަކީ އުތުރުގައި އޮތް ލައުރޭޝިޔާގެ ބައެކެވެ.
މި ބަޔާން ކުރެވުނު ދުވަސްވަރު ޕްލޭޓް ޓެކްޓޯނިކްސްގެ ސަބަބުން އެފްރިކާ ބައްރު އަދި މަޑަގަސްކަރަ އާއި އިންޑިޔާއާ ވަކިވެގެން ދިޔައެވެ. އަދި އިންޑިޔާ އޮތް އަށި ނުވަތަ ޕްލޭޓް އިރުއުތުރަށް ދަތުރު ކުރާން ފެށިއެވެ. މި ޕްލޭޓް އިންޑިޔާ ކަނޑުގެ ތެރެއިން ލާފައި އިރުއުތުރަށް ދަތުރު ކުރީ ހޫނު ފަށަލައެއްގެ (substratum) މަތީންނެވެ. މި ހޫނުތަން ވާ ކަމަށް ބެލެވެނީ މިހާރުގެ ރިޔޫނިޔަން ޖަޒީރާ އޮތް ހިސާބުގައެވެ. މިހާތަނަށް އިލްމީ ގޮތުން ހޯދިފައިވާ ހޯދުންތަކުގެ އަލީގައި ބަލާއިރު، މި ތަނަކީ ދިވެހިރާއްޖެ އުފެދުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ތަނެކެވެ.
އިލްމީ ދިރާސާތަކުން މިއަދު ކަށަވަރުކޮށް ދައްކާ ގޮތުގައި ލަކްޝަދީބު ޖަޒީރާގެ ރަށްތަކާއި ދިވެހިރާއްޖޭގެ ރަށްތަކާއި ފޭހަންދީބުގެ (ޗާގޯސްގެ) ރަށްތައް މިހާރު އޮތް ސަރަހައްދު މި ހޫނު ލޯވަޅު މަތީން ދަތުރުކޮށްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން އަލިފާން ފަރުބަދައިގެ ޗޭނެއް އުފެދެމުން ދިޔައެވެ. އަދި މި ފަރުބަދަތައް އިންޑިޔާގެ ފަހަތުން، އިރުއުތުރަށް ދަތުރު ކުރަމުން ދިޔައެވެ. މި ދަތުރު ނިމުނީ އިންޑިޔާ އޮތް އަށީގެ އުތުރުކޮޅު އޭޝިޔާ އޮތް އަށީގެ ދެކުނު ކޮޅުގައި ޖެހުމުންނެވެ. މި ގޮތަށް އައިސް އެއް އަށި އަނެއް އަށީގައި ޖެހުމުގެ ނަތީޖާއެއްގެ ގޮތުން މި ދެ އަށި ޖެހުނު ތަން އުފުލި ހިމާލަޔާ ފަރުބަދަ ބަރި އުފެދިގެން ދިޔައެވެ. މިއާ އެކު އިންޑިޔާ ކަނޑުގެ ބައްޓަން ވެސް ވަކި ގޮތަކަށް ހަމަ ޖެހިގެން ދިޔައެވެ.
ހަމަ އެހެންމެ ދިވެހިރާއްޖޭގެ ރަށްތައް އުފެދުމުގެ އަސްލެއް ކަމުގައި ބެލެވޭ އަލިފާން ފަރުބަދަތައް އިންޑިޔާ ކަނޑުގެ ތެރެއަށް ގެނބިގެން ދާން ފެށިއެވެ. މިކަން ހިނގައިފައި ވަނީ ވަރަށް ދިގު މުއްދަތެއްގެ ތެރޭގައެވެ. ދިވެހިރާއްޖެ އޮތް ސަރަހައްދުގައި އޭރު ހުރީ އަލިފާން ފަރުބަދަތަކާއި އުސްބިންތަކުން އުފެދުނު ރަށްތަކެވެ. މި ފަރުބަދަތަކާއި ބިންތައް މަޑުމަޑުން އިންޑިޔާ ކަނޑަށް ގެނބެމުން ދިޔައިރު، މުރަކަތައް ދިޔައީ މި ފަރުބަދަތަކުގެ ކުންނުތަކާއި ކޮޅުތަކުގައި އާލާވަމުންނެވެ.
މި މުރަކަތަކުން އަތޮޅުތައް ފުރަތަމަ އުފެދެމުން ދިޔައީ އަލިފާން ފަރުބަދައިގެ ވަށައިގެން އުފެދެމުން ދިޔަ ފަރެއްގެ ގޮތުގައެވެ. ކަނޑުގެ ލޮނުގަނޑު އުފުލެމުން ދިއުމުގެ ނަތީޖާއަކަށް ވީ މި އަލިފާން ފަރުބަދަ ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް ގެނބެމުން ދިއުމެވެ. ކަނޑުގެ ސަތަހައިގެ 150 ފޫޓު (40 މީޓަރު) އަށް ވުރެ އަޑީގައި މުރަކަ ހެދި ބޮޑުވުމަކީ ނާދިރު ކަމެކެވެ. އެހެން ނަމަވެސް މުރަކަތަކުގެ ދިރުން ނެތިގެން ގޮސްފައި ނުވަނީ އެ މުރަކަތައް ހިމާޔަތްކޮށްދޭނެ ކެލްސިޔަމް ކާބަނޭޓް ފަށަލަތަކެއް ބިނާކުރެވިގެން ދިއުމުގެ ސަބަބުންނެވެ. މީގެ ސަބަބުން މުރަކައިގެ ދިރުން ނެތިގެންދާ ވަރަށް އަޑިޔަށް ގެނބިގެން ދިއުމުގެ ކުރީން، އެ ފަށަލަތަކުގެ މަތީގައި، އައު މުރަކަތައް ހެދި ބޮޑުވަމުން ދިއުމުގެ ފުރުސަތު ލިބުނެވެ. އެއްކޮޅުން އަލިފާން ފަރުބަދަ ގެނބެމުންދާއިރު އަނެއްކޮޅުން މުރަކަތައް ދިޔައީ ހެދި ބޮޑުވަމުންނެވެ. މަރުވަމުންދާ މުރަކަތަކުގެ ފަށަލަތައް މަތީގައި އައު މުރަކަ ދިޔައީ އާލާވަމުންނެވެ. ނަތީޖާއެއްގެ ގޮތުން މުރަކަތަކުގެ ފަރުތައް ދިޔައީ އުފުލެމުންނެވެ. އަލިފާން ފަރުބަދަތައް ދިޔައީ އަޑިއަށެވެ. މީގެ ސަބަބުން ކުރީން ފަރުބަދައިގެ ވަށައިގެން އޮތް ފަރާއި ފަރުބަދައާ ދެމެދު ތިލަ މޫދެއް އުފެދުނެވެ. އަދި މުޅީން ފަރުބަދަ އަޑިޔަށް ދިއުމުން ފަރުބަދަ ހުރި ހިސާބު އޮތީ އަތޮޅުގެ އެތެރެވަރީގެ ގޮތުގައެވެ. އެތައް މިލިޔަން އަހަރެއްގެ ތެރޭގައި އައި މި ބަދަލުން އުފެދުނު ފަރުތައް އަތޮޅުތަކަކަށް ވިއެވެ. މުރަކަތަކުން އުފެދުނު ފަރުތަކުގެ މަތީގައި، މުރަކަތައް ފުނޑުފުނޑުވެގެން އުފެދުނު ވެލި ޖަމާވެ ފިނޮޅުތައް އުފެދުނެވެ. އަދި މިއަދު މި ފެންނަ ޖަޒީރާ ރަށްތައް އުފެދުނެވެ.
ދިވެހިރާއްޖޭގެ ރަށްތައް އުފެދުނު ގޮތާއި މި ރަށްތަކުގެ އުމުރުން ވީ ކިހައިވަރެއްކަން އިލްމީ ގޮތުން ދިރާސާ ކުރެއްވި، ދިވެހި އިލްމުވެރިއެއް ކަމުގައިވާ ޑރ. މުޙައްމަދު ޢަލީ (2011) ވިދާޅުވާ ގޮތުގައި ލަކްޝަދީބާއި ދިވެހިރާއްޖެ އާއި ފޯޅަވަހި ހިމެނޭ ޖަޒީރާ ރަށްތައް އުފެދިފައި ވަނީ އެއް އަށްޓެއްގެ މަތީގައެވެ. ރަށްތަކުގެ ދޮށިކަމަށް ބަލާނަމަ، ދެކުނުގެ ރަށްތަކަށް ވުރެ އުތުރުގެ ރަށްތައް ދޮށިކަމަށް ވެސް އޭނާ ވިދާޅުވެއެވެ. އެހެނީ ހޫނުތަނުގެ މަތީން ފުރަތަމަ ދަތުރުކޮށް، ފުރަތަމަ ފަރުބަދަތައް އުފެދޭނީ އުތުރުގައެވެ.
ޢީސާއީ މީލާދުގެ 1500 އަހަރުގެ ކުރީގެ ތާރީހެއްގައި، ބަޔަކަށް ދިރިއުޅެވޭނެ ފަދަ ރަށްތަކެއްގެ ގޮތުގައި، މި ރަށްތައް ހުރުމަކީ ނާދިރު ކަމެއް ކަމަށާއި، މި ރަށްތަކުގައި މީހުންނަށް ދިރިއުޅެވޭ ވަރަށް ރަށްތަކުގެ އުފެދުން ފުރިހަމަ ވެފައިވާނީ ޢީސާއީ މީލާދުގެ 1500 އަހަރު ކުރި އާއި 700 އަހަރު ކުރިއާ ދެމެދުގެ ދުވަސްވަރެއްގައި ކަމަށް ވެސް ޑރ. މުޙައްމަދު ޢަލީ ވިދާޅުވެއެވެ.
ޢީސާއީ މީލާދުގެ 2500 އަހަރު ކުރީން (މީގެ ގާތްގަނޑަކަށް 4500 އަހަރު ކުރީން) ދިވެހިރާއްޖޭގައި މީހުން ދިރިއުޅެން ފަށައިފިކަމަށް ރާއްޖޭގެ ތާރީހު ލިޔުއްވާ ބައެއް ބޭފުޅުން ލިޔުއްވައެވެ. މިކަމާ ގުޅޭ ގޮތުން އެ ބޭފުޅުން ދައްކަވާ ހެތްކަކީ، ޢީސާއީ މީލާދުގެ 1500 އަހަރު ކުރީން، ސިންދުވާދީ (އިންޑަސްވެލީ) ހަޒާރަތު މުޅީން ނިމި ދިއުމުގެ ކުރީން، އެ ހަޒާރަތުގެ މުހިންމު ބަނދަރެއް ކަމުގައިވި ލޯތާލް (މިހާރުގެ އިންޑިޔާގެ ގުޖުރާތު) ބަނދަރުން ދިވެހި ކުދި ބޮލި (މަނީ ކައުރީ) ފެނިފައިވާކަމެވެ. އެހެން ނަމަވެސް އޭރު ދިވެހިރާއްޖޭގެ ރަށްތައް އުފެދި ފުރިހަމަ ވެފައި ނުވާނެކަމަށް ސައިންސުގެ އަލީގައި ޑރ. މުޙައްމަދު ޢަލީ ވިދާޅުވާކަން ފާހަގަކޮށްލަން ޖެހެއެވެ. އެހެންކަމުން އެއީ ރާއްޖޭގެ ރަށްތައް އުފެދި މުޅީން ފުރިހަމަވުމުގެ ކުރިއެވެ. ވީމާ، އޭރު ފަރުތަކެއްގެ ގޮތުގައި ނޫނީ ތިލަތަކެއްގެ ގޮތުގައި ހުރި، މި ރާއްޖޭގެ އަތޮޅުތަކުން އެމީހުންނަށް އެ ބޮލި ލިބުނީ ކިހިނެއްތޯ ސުވާލު އުފެދެއެވެ. ޑރ. މުޙައްމަދު ޢަލީ ވިދާޅުވާ ގޮތުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅެން ފެށުމުގެ ތާރީހު ބީ.ސީން 1000 (މީގެ 3000) އަހަރަށް ވުރެ ކުރިޔަށް ދިއުމުގެ ފުރުސަތެއް ނެތެވެ. އެހެން ނަމަވެސް ބީ.ސީން 500 (މީގެ 2500) އަހަރު ކުރީން ރާއްޖޭގައި މީހުން ދިރިއުޅެން ފަށާފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވެއެވެ. ޢީސާއީ މީލާދުގެ 500 ވަރަކަށް އަހަރު ކުރީން ދިވެހިރާއްޖޭގައި މީހުން ދިރިއުޅެން ފަށާފައިވާ ކަމަށް ތާރީހީ ގޮތުން ވެސް ހެކި ލިބެއެވެ. ދިވެހިރާއްޖޭގެ ތާރީހު ފެށެނީ މިރާއްޖޭގެ ރަށްތައް އުފެދެން ފެށުމާ ހިސާބުންނެވެ. ދިވެހީންގެ ތާރީހުގެ ފެށޭނީ މި ރަށްތަކުގައި މީހުން އާބާދުވެ، ދާއިމީ ދިރިއުޅުމެއް ފެށި ހިސާބުންނެވެ.