ޙަސަން ޒާހިރު
ޢަބްދުއްރަޝީދު
ނުވަމަސްދުވަހު ގަދަވޭނުގައި، "ހަށިފާރަ" އަށް ހުސްވެސްވެފައި
ނުވަ އެއް ދުވަސް އިތުރަށް ބަލާ، މަންމާ ތިއީ ކެތްތެރިއެކޭ
ވިހުމުން އެވާ ގާތްކަން ބޮޑޭ، ކަންނެތްވުމެއްނެތް ބެލުމުގައި
ވިހުމުން ލިބޭ އުފަލާއެކީ، ދެގޮތެއްނުވާނެ މިސާލެކޭ

ވާލޯތްބަކުން "ދޮންފުތުކުރޭ"، އަނިޔާތުރާލުން ދުރުކުރޭ
"ވޭލެއް" ވަރަށް ފަހެ ބޮޑުވިޔަސް، ވާ ގޮތް ބަލައިދޭ ޔާރެކޭ
ސީދާވި މަގުތައް ދައްކުވައި، ޙައްޤާއި ބާޠިލު ބުނެދެމުން
ސީދާމެ ސާބިތުކަންމަތީ، ހިނގުމަށް ލިބުނު ގަދަ އައްޔެކޭ
"ހެޔޮކަން ހަށިން ހުސްވެސް ނުވާ"، ހެޔޮދަރުސުތައް ދީވެސް ހަދާ
ހެޔޮ ގޮތް ވުމަށްމެ ދުޢާކުރާ ، ތާއަބަދުވާ އެކުވެރިއެކޭ
"ބައިއެޅުމުގައި ހަމަހަމަކުރޭ"، ބަދަލަށް ބަދަލު ހިފުމެއްނުވޭ
ފައިތިލަދަށުން ޖަންނަތުލިބޭ، ހަންހާރަވެތި އިންސާނެކޭ
ބުނިހައިގޮތަށް ރުހި އުޅެފިނަމަ ، ދިން ތަރުބިޔާ އާ އެއް ގޮތަށް
އުނިކަންނުވާނެ ސުވަރުގެއަށް، ދިޔުމަށް ލިބޭ ސަމުގާއެކޭ
ބަހުރެއްގެ ފައިސާ ވެސް ދިނަސް، އުފުލާ އެބުރަ އަގުނުކުރެވޭ
ބަހުސެއްކުރަން ނެތުމުން އެއީ، ފަޑުވުންނުވާނޭ ތަރިއެކޭ