ކޮތަރު

على أحمد
ގޭގައި ކޮތަރު ގެންގުޅުމަކީ، ނަސީބުވެރިކަމެއް ކަމުގައި ބަޔެއް މީހުން ހީކުރެއެވެ. ކޮތަރުގެ تاريخ ގެ މައްޗަށް އަލިކަން އަޅުވާލާއިރު، އެގެނީ، ވަރަށް އިހުޒަމާނުން ފެށިގެން ކޮތަރާއި، އިންސާނާއާއި ދެމެދުގައި ގުޅުން ހިގަމުން އައިސްފައިވާ ކަމެވެ.

ކޮތަރަކީ، އެކުވެރިކަމާއި،إجتماعىދިރިއުޅުމުގައި، ދޫނިސޫފާސޫފީގެތެރެއިން 1 ވަނަ ދޫންޏެވެ. އަދި، ޖިންސީ ލޯބީގައިވެސް، އޭގެ އެހެން މިސާލެއް، ދޫނީގެތެރެއިން ނުފެންނަ ނަމޫނާއެކެވެ.


ކޮތަރަކީ، ލޯބިވެރި ރީތިދޫންޏެކެވެ.خاصّ ކޮށް، އެއަށް ލިބިފައިވާ، ރަތްދެފައި، އޭތީގެ ރީތިކަމާއި، ލޯބިވެރިކަން އިތުރު ކުރެއެވެ. މިކަމުގެ ސަބަބުން،تاريخގައި، ''ރަތްފައި'' ގެ ނަމުން ކޮތަރަށް ނަންލިބިފައި އެބަހުއްޓެވެ.

މީގެފަސްހާސް އަހަރު ކުރީގައި، މިސުރުގެ ރަށްވެހީން، އެބައިމީހުންގެ ގޭގޭގައި ވަރަށް ގިނައިން ކޮތަރު ގެންގުޅުނެވެ. 1150م ވަނަ އަހަރު،عراقގެ ވެރިރަށްبغدادގައި، ކޮތަރަށް ވަރަށްخاصّ قدرއަކާއި،إحترامއެއް ދީފައިވިއެވެ. މިހެނީ،بغداد ގެ އެތަން މިތާގައި، ސަރުކާރުގެ ފަރާތުން، ކޮތަރުކޮށިތައްހަދައި، ކޮތަރުގެންގުޅުނެވެ.

ކުރީޒަމާނުގައި ، ދުނިޔޭގެ ބައެއް ރަށްރަށުގައި، އެރަށް ރަށުގެ ޒުވާނުން، ކޮތަރުގޮވާ ގޮތަށް، އެކަހަލަ އަޑުން އަޑުގޮއްވާ ހެދުމަކީ جنسىލޯބީގެ ނިޝާނެއް ކަމުގައި ދަނެ އެއީ، އާދައެއް ކަމުގައި ގެންގުޅުނެވެ.

ދުނިޔޭގެ ކުރީގެ تاريخއަށްބަލާއިރުވެސް، ކޮތަރުގެذريعةއިން، އެކިއެކި މެސެޖްތައް ފަރާތްފަރާތަށް ފޮނުވާ ހެދިކަމާއި، އުދުއްސުމުގެ ރޭސްތައް ކޮތަރުގެ  މެދުގައި ބާއްވާ އުޅުނުކަންއެގެއެވެ.

1848 مވަނައަހަރު، ފަރަންސޭސި ވިލާތުގައި އުފެދުނުبغاوةގައި، އެއްތަނުން އަނެއްތަނަށް ސިއްރުމެސެޖްތައްގެގޮސްދޭقاصدންނަކީ، ކޮތަރުކަމުގައި ހަދައިފައިވެއެވެ.1849مވަނައަހަރު، ދުނިޔޭގެ ވަރަށް ގިނަތަންތާގައި، ވަޔަރްލެސްމެސެޖް ގެންދިޔުމަށްވެސް ކޮތަރުގެ ބޭނުންކޮށްފައިއެބަހުއްޓެވެ.

ކޮތަރު އުދުއްސުމުގެ ރޭސް އެންމެ ފުރަތަމަ ފެށީ، ބެލްޖިއަމްގައެވެ. ކޮތަރު ރޭހުގެ ދުރުމިނަކަށް ފުރަތަމަ ހެދީ، 100 މޭލެވެ. މިގޮތަށް ކަޑައެޅުނީ 1818م ގައެވެ.

1820م ވަނަ އަހަރު، ޕެރިސްއިން ފެށިގެން، ލީގްއަށް، ކޮތަރު ރޭހެއް ބޭއްވުނެވެ. ލަންޑަނުން ފެށިގެން،ބެލްޖިއަމް އަށް 1823م ވަނަ އަހަރު ބޭއްވުނު ކޮތަރު ރޭހަކީ، މަޝްހޫރު، خاصّރޭހެކެވެ. ކޮތަރު ރޭސް އެންމެ ދުރަށް ބާއްވާފައިވަނީ 500 މޭލަށެވެ. އެމެރިކާ، އިގިރޭސިވިލާތް، ފަރަންސޭސިވިލާތް، ބެލްޖިއަމް، މިތަންތާގެ މީހުން، ކޮތަރު ރޭހަށް ވަރަށްވެސް ގަދަ ފޯރީއެއް ގެންގުޅުނެވެ.

سلامލެއްވ نوحގެފާނުގެ ޒަމާނުގައި އައި މަޝްހޫރު طوفانގައި ވެސް، ކޮތަރަށް خاصّ إمتيازއެއް، ލިބިފައިވާކަމަށް، تاريخގައި ވެއެވެ... ބުނެވެނީ، މާތް ރަސްކަލާގެ އެންގެވި އެންގެވުމަށް، ޖަނަވާރާއި، ސޫފާސޫފީގެތެރެއިން، ވައްތަރަކުން ޖޯޑެއް نوحގެފާނު، ނަވަށް ލެއްވިއެވެ....طوفانގައި ފެންބޮޑުވެގެން، އެކަން ހިގަންވީ ގޮތަށް ހިގުމަށްފަހު، ބޮޑުވި ފެން، ދުނިޔޭގެ އެތަންމިތަނުން، ހިނދިއްޖެތޯ ނުވަތަ ނިހިދޭތޯ، ބެއްލެވުމަށްޓަކާ نوحގެފާނަށް އެހީތެރިވީ ކޮތަރެވެ. މިހެނީ، ކޮތަރަށް ލިބިފައިވާ ވަރުގަދަ ދެ ފިޔައިގެ ބާރުން، ދުނިޔޭގެ ކަންކޮޅުތަކުގައި އުދުހި، މިކަމުގެخبرބަލައި، ސާފުކޮށްދިނީއެވެ. އާދޭހެވެ، ދޫނިތަކުގެތެރެއިން އެންމެ ބާރަށް އަދި އެންމެ ދުރަށް އުދުހެވޭ، އެއްޗަކީ ކޮތަރެވެ.

ކޮތަރަކީ، صلحވެރިކަމާއި، އެކުވެރިކަމުގެ ފުރިހަމަ ނަމޫނާއެކެވެ. މަޝްހޫރު ވާހަކައެކެވެ. [ޗިތަރްގްރީވް] ނަމަކަށް ކިޔުނު ކޮތަރު ރާޖާއެއް، އޭނާގެ ލަޝްކަރާއިގެން އެއް ފަހަރަކު އުދުހެމުން ގޮސް، ޝިކާރަވެރިއަކު، ޖަހާފައިވާ ދަލެއްގައި ޖެހި، ހައްޔަރުވެއްޖެއެވެ. އެހިދު ކޮތަރުރާޖާ ބުންޏެވެ. ދެން އަހަރެމެންނަށް މިތަނުން ސަލާމަތްވެވޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ، އެންމެން އެއްބާރުލައި، އެއްފަހަރާ އުދުހިގަތުމެވެ. އޭރުން، އަހަރެމެންނަށް މިދައު އުފުލާލައިގެން ދަލާއެކު އުދުހިގެން ދެވިދާނެއެވެ. އާއެކެވެ. އެންމެން އެއްބާރުލައި، އެއްފަހަރާ އުދުހިގެންފިނަމަ، ދަލާއެކު، އަހަރެމެންނަށް ބޭނުން ތަނަކަށް ދެވިދާނެއެވެ. ރާޖާގެ މިބަހަށް، އޭނާގެ ލަޝްކަރު ޖަވާބުދިނީ، ހިތުގެ އެންމެ އަޑީންނެވެ. ކެރިތިބެގެންނެވެ. ލަޝްކަރުގެ ވެރި ކޮތަރުގެ އޯޑަރއަށްހުރިހާ ކޮތަރުތައް، އެއްފަހަރާ، އެއްބާރުލާފައި އުދުހިގެންފިއެވެ... ނަތީޖާއަކަށްވީ، އެއްވެސް ދަތިކަމެއްނެތި، ދަލާއެކު، އުދުހެވޭން ފެށުމެވެ... ރާޖާއާއެކު، ކޮތަރުތައް އުދުހިފައި ދިޔައީ، ރާޖާގެ ވަރަށް ގާތްرحمة ތެރިއެއްކަމަށްވާ މީދަލެއްގެ ގާތަށެވެ... މިއެކުވެރި މީދާ، ރާޖާއަށާއި އޭނާގެ ލަޝްކަރަށް ޖެހިފައިވާ، މުސީބާތްދެކެފައި، އެސޮރަށް ވީހާ އަވަހަކަށް، ތޫނު ދަތްތަކުން، ދަލުގެ ރޯނުފަށްތައް ކަޑައި، ރާޖާއާއި، ލަޝްކަރު ސަލާމަތްކޮށްފިއެވެ.

އާދޭހެވެ، އެކުވެރިކަމަކީ، ގަދަފަދަ ބާރެކެވެ. ދުނިޔޭގައި، އެފަދަ ދެވަނައެއްނުވާ ބާރެވެ. އެކުވެރިކަމަކީ، ސަލާމަތެވެ. ދުނިޔޭގައި އެފަދަ ދެވަނައެއް ނުވާ سلامةއެވެ. މި ދެންނެވި ބަހުގެ ވަރުގަދަ ހެކި، ކޮތަރުރާޖާގެ ވާހަކައިން ދެކެވަޑައިގަންނަވާށެވެ. ކޮތަރަށް އާދަވެފައިވަނީ، އެކުވެރިކަމާއެކު، ބައިބައިގަޑަށް، جماعةجماعةއަށް އުޅުމަށެވެ. އެއްފަހަރާ އުދުހިގަތުމަށެވެ. އެއްފަހަރާ އިށީންނާށެވެ. މިހެންކަމުން، އެދުވަހުވެސް އެއްފަހަރާ އުދުހިގަނެވުނީއެވެ.

ވޭތުވެދިޔަ ދެ ބޮޑު ހަގުރާމައިގައި ވެސް ސިއްރު މެސެޖްތައް ފަރާތްފަރާތަށް ފޮނުވުމަށް، ކޮތަރުގެ ބޭނުން ކޮށްފައި އެބަހުއްޓެވެ. އަދި މިހާރު ބަޔެއް ކުދި ހަގުރާމަތަކުގައިވެސް، މިދެންނެވި ގޮތުން ކޮތަރު ބޭނުން ހިފަމުން ގެންދެއެވެ. ހަމަ މިފަދައިން، އެކަކު އަނެކަކަށް ސިޓީ ބަދަލުކުރުމަށް ވެސް ކޮތަރުގެ ބޭނުންކުރެއެވެ.

ޝައްކެއްނެތެވެ. ކޮތަރަކީ، ދޫނިތަކުގެތެރެއިން، އިންސާނުންނާ އެންމެ ގާތް އެންމެއޮޅު، އެންމެ ބޭނުންތެރި، އަދި އެންމެ تاريخى ދޫންޏެވެ. ކޮތަރަކީ، އެސޮރުމެންގެ ރެޔާ ދުވާލުގެ އުޅުމުން ވެސް ހެކިފެންނަ ފަދައިން، جنسى ލޯބީގައި، އެކުވެރިކަމާއި، އެހީތެރިކަމާއި، ވަފާތެރިކަމުގެ ވަރަށް ފުރިހަމަ ނަމޫނާއެއް ވެސް މެއެވެ.
…………………………………..
 
އަރުޝަޙު : ބުއްދިވެރި
މުޖާޒު؛ އިނާމު ހޯދާ މީހާ
މިރާސް: ބާރުގަދަ
މޫސިރު: މުއްސަނދި
ނަސީކް: ރަނާއި ރިހި