މީރުފެނުގައި ދިރިއުޅޭ ބިރުވެރި ޖަނަވާރުތަކުގެ ތެރެއިން ...... ޑައިވިންގ ބެލް ސްޕައިޑާރ (Diving bell spider)

   
ތަރުޖާމާކުރީ: ހ.ޒ
ޑައިވިންގ ބެލް ސްޕައިޑާރއަކީ ހަމައެކަނި ފެނުގެ ތެރޭގައި ދިރިއުޅޭކަން މިހާތަނަށް އެނިގިފައިވާ ފައިދިގުމަކުނެވެ. އެހެން އަރަކިނަޑްސްއާ އެއްފަދައިން މިޖަނވާރުވެސް ނޭވާލުމަށްޓަކައި ވައި ބޭނުންވެއެވެ. އެހެންނަމަވެސް މިޖަނަވާރު ފެނުގެ ތެރޭގައި ނެވާލާން ބޭނުންވާ ވައި ހޯދަނީ ވައިގެ ބޮއްކެއްގެ އުފައްދައިގެންނެވެ. އަދި މި ބޮކި ހިފަހައްޓަނީ އެސޮރުގެ ބަނޑުދަށް ފަރާތާއި ފައިގައިވާ ކެހެރިތަކުންނެވެ. މިޖަނަވާރު އުފައްދާ ބޮކީގައިވާ ވައިގެ ސަބަބުން ފެނުގެ ތެރޭގައި ނެވާލާން އެހީތެރިވެދިނުމާއެކު، ނޭވާލާން މައްޗަށް މާގިނައިން އަންނާކަށް ނުޖެހެއެވެ. 
ޑައިވިންގް ބެލް ސްޕައިޑާރ އުޅެނީ ޔޫރަޕުގެ މެދުތެރެއާއި އުތުރުގެ ސަރަހައްދުތަކުގަ އާއި އުތުރު އޭޝިއާގެ ސަރަހައްދުތަކުގައެވެ. ފައިދިގުމަކުނުގެ އެހެންވައްތަރުތަކާއި ޚިލާފަށް ޑައިވިންގް ބެލް ސްޕައިޑާރގެ ފިރިހެން އެއްޗެހި އޭގެ އަންހެން އެއްޗެއްސަށްވުރެން ބިޔައެވެ. 

މި ފައިދިގުމަކުނު ގައިގައި ދަތްއަޅައިފިނަމަ ވަރަށް ތަދުވާނެވެ. އަދި ހުމުގެ އަލާމާތްތައް ފެންނާނެއެވެ. މިޖަނަވާރު ފެނުގެ ތެރޭގައި އުލޭތީއާއެކު، މިއީ ފައިދިގުމަކުނުދެކެ ބިރުގަންނަ ފަރާތަތައް ކަންބޮޑުވާނެ ޚަބަރުތަކެކެވެ.