ތަރުޖާމާކުރީ: ހ.ޒ
ތޫނު ދަތްތަކެއް ލިބިފައިވުމުގެ ސަބަބުން ބިރުވެރިކަމަށް
މަޝްހޫރުވެފައިވާ ޕިރާނައަކީ ކެއުމަށް ދޯޅު މަހެކެވެ. މިމަހުގެ ބޮޑުމިން ހުންނަނީ 14 - 16 ސމ ދެމެދަށެވެ.
އާޢްމުކޮށް މިމަސް ދިރިއުޅޭކަމަށް ފާހަގަކުރެވިފައިވަނީ ދެކުނު އެމެރިކާގެ ކޯރުތަކުގައެވެ.
މީގެ އިތުރުން ބަނގުޅަދޭޝްގެ ކެޕަޓައި ކުޅިންވެސް ފެނިފައިވެއެވެ.
ފަތްޕިލާވެއްޔާއި މަސް ކައިއުޅޭ މި މަސް ފާހަގަކުރެވިފައިވަނީ މަހުގެ ބާވަތްތައް
ކެއުމަށް ވަރުހުންނަ ޖަނަވާރެއްގެ ގޮތުގައެވެ. މިމަސް އިންސާނުންނަށް ހަމަލަދިނުން
ނާދިރުނަމަވެސް ނޭވާހިފަހަށްޓާލަންދަތި ހާދިސާތަކެއް އިހުގެ ދަތުރުވެރިން ބަޔާންކޮށްފައިވެއެވެ.
އެމެރިކާގެ ރައީސެއްކަމުގައިވި
ތިއެޑޫރު ރޫސްވެލްޓް ބްރެޒިލަށް ކުރި ތާރީޚީ ދަތުރެއްގައި، ޕިރާނާތަކެއް
މަރުވެފައިވާ ގެރިއެއް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، ނޮޅައި ކައި ހުސްކުރިތަން
އޭނާއަށް ފެނުނެވެ. އޭނާއަށް ފެނުނު މި ޙައިރާންކުރަނިވި މަންޒަރުގެ ސަބަބުން ޕިރާނާއާމެދު
ބިރުވެރި ބޯދާ ވާހަކަތަކެއް ފެތުރިންގެ ދިޔައެވެ. ނަމަވެސް މިކަން ހިނގާފައިވަނީ ބުރެޒިލްގެ
މަސްވެރިންތަކެއް ރޫސްވެލްޓް ޝިކާރަކުރަން ދިޔަ ވަގުތު ބަލައި، ބަނޑަޖައްސާފައި
ހުރި ޕިރާނަތައް އެމަޒޮން ކޯރަށް ދޫކޮށްލައި މަރުވެފައި އޮތް ގެރިއެއް ޅިޔައަޅައި
ކޯރަށް އެއްލާލުމުގެ ސަބަބުންނެވެ.
އަދިއަދަށްދާންދެންވެސް ޕިރާނައަކީ ދެކުނުއެމެރިކާގެ ކޯރުތަކުގައި މަރުވެފައިވާ
އެހެން ޖަނަވާރުތަކުގެ މަސްކައިއުޅޭ އަދި އެހެން ޖަނަވާރުތައް ޝިކާރަކުރުމުގެ
އަރާހުރި ޖަނަވާރެކެވެ. އަދި ކާނާ ތަދުވެ ބަނޑަށް ޖެހިއްޖެނަމަ އެހެން ޕިރާނަތައް
ކެއުމުގެ ފެންވަރަށް ދާ ޖަނަވާރެކެވެ. އެފަދަ ހާލަތްތަކުގައި އިންސާނުންނަށްވެސް
ހަމަލާދެއެވެ. ބައެއްފަހަރު އެސަރަހައްދުގެ މަސްވެރިންނަށްވެސް ޕިރާނަތައް
ހަމަލަދީހަދައެވެ. އަދި އެމީހުންގެ ގައިން ފެންނަ
ހުންނަ ލަކުނުތަކުން މިއީ ޙަޤީޤަތެއްކަން ސާބިތުވެއެވެ.
ދުނިޔޭގައި ދިރިއުޅޭ ޕިރާނާގެ ވައްތަރުގެ ޙަޤީޤީ ޢަދަދު
ސާބިތުނުވި ނަމަވެސް، 30 - 60 އާ ދެމެދުގެ
ވައްތަރުގެ ޕިރާނަ އުޅޭކަމަށް ލަފާކުރެވެއެވެ.